އދ.ގެ އާއްމު މަޖިލީހުގައި ޝާހިދުގެ ތަރުޖަމަނާކަށް ހުންނަވާނެ ބޭފުޅަކު ހަމަޖައްސަވައިފި

މިނިސްޓަރު ޝާހީދުގެ ތަރުޖަމާނަކަށް ހަމަޖެއްސެވި މޮނިކާ ގްރޭލީ -- ފޮޓޯ: ޓްވިޓާ

އދ.ގެ އާއްމު މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތަރުޖަމާނަކަށް ހުންނަވާނެ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހiދު ތަރުޖަމާނަކަށް ހަމަޖެއްސެވީ ބްރެޒިލްގެ ބޭފުޅެއް ކަމަށްވާ މޮނިކާ ގްރޭލީއެވެ.

ގްރޭލީއަކީ މިހާރު ޔޫއެން ނިއުސްގެ ޕޯޗުގީޒް ޗީފް އެޑިޓަރެވެ. އަދި މީގެ ކުރިން އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ، މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018 އާއި 2019ގައި ކުރައްވާފައެވެ.

ގްރޭލީ ވިދާޅުވީ ޝާހިދުގެ ރިޔާސަތުގައި ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމާއި އެންމެންނަށްވެސް ވެކްސިން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރި ކުރުމާއި ތިމާވެށި ރައްކާތެރި ކުރުމާ ގުޅުން ހުރި މަސައްކަތްތައް މިނިސްޓަރު ކުރައްވާނެ ކަމަށެވެ.

ޝާހިދު ރަސްމީކޮށް އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް