ހަތްދުވަސް ފަހުން މަޑުއްވަރީގެ މޮނިޓަރިން ހާލަތު އުވާލައިފި

ރ. މަޑުއްވަރި: ހަތްދުވަސް ފަހުން މަޑުއްވަރީގެ މޮނިޓަރިން ހާލަތު އުވާލައިފި

އެކްޓިވް ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލީތާ ހަތް ދުވަސް ފަހުން ރ. މަޑުއްވަރީގެ މޮނިޓަރިން ހާލަތު ނިމުމަކަށް ގެނެސް ރަށް ހުޅުވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޑުއްވަރީގެ މޮނިޓަރިން ހާލަތު އުވާލިނަމަވެސް އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ވެސް އެ ރަށުގައި ނުވަ މީހުން އެބަތިއްބެވެ.

ކައުންސިލްގެ ރައީސް އަބްދުﷲ ސޯދިގް "ސަން"އަށް ވިދާޅުވީ އެކްޓިވް ކޭސްގެ ގޮތުގައި ނުވަ މީހަކު ތިއްބާ އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަން އެޗްޕީއޭއިން ކައުންސިލަށް މިއަދު އަންގާފައިވާ ކަމަށެވެ.

"އެކްޓިވް ކޭސްގެ ގޮތުގައި މިރަށުން ކަރަންޓީނުކޮށްފަ އެބަތިބި މިވަގުތުވެސް ނުވަ މީހެއް. ނަމަވެސް އެޗްޕީއޭއިން ކުއްލިއަކަށް މިއަދު އެންގީ މޮނިޓަރިންގެ ހާލަތުން ނެގި ކަމަށް،" ސޯދިގް ވިދާޅުވިއެވެ.

ސޯދިގް ވިދާޅުވީ އެ ރަށުގައި ދިރިއުޅޭ އާބާދީގެ ތެރެއިން 91 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށުން ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަކުރީ 68 އިންސައްތަ މީހުން ކަމަށެވެ.

comment ކޮމެންޓް