ގެއަކަށް ވަދެ ބިރުދައްކައި ހަމަލާދިން މައްސަލައިގައި ހޯދަން އުޅުނު މީހާ ފުލުހަށް ހާޒިރުވެއްޖެ

މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިއްޔެ އިއުލާންކުރި މީހާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ހޯދަން އިއުލާންކުރީ ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހީމް ސަމީން، 34އެވެ. ފުލުހުން އޭނާ ހޯދީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ސަމީން ހޯދީ މެއި ދެވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ޓަކައި ކަަމަށް ފުލުހުން އިއްޔެ ބުންޏެވެ.

comment ކޮމެންޓް