އެކައުންޓުގެ ވެރިފަރާތަށް ނޭނގި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރި މީހަކު ހޯދަނީ

ހޯދަން އިއުލާނުކޮށްފައިވާ މީހާ--ފޮޓޯ: ފުލުހުން

އެކައުންޓްގެ ވެރި ފަރާތަށް ނޭނގި، އެ އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ވަނީ ހޯދަމުން އަންނަ އަންހެންމީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރު 9790048 އަށް ގުޅާ، އެމައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް