ޑްރަގު ކެފޭއެއްގެ ވިޔަފާރި ނުހުއްޓުމުން ގޭގެ ވެރިމީހާއަށް ދައުވާކޮށްފި

ކެފޭ އުސޫލުން މަސްތުގެ ހިދުމަތް ދެމުން އަންނަ ގެއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި "ޑްރަގު ކެފޭ"އެއް ހިންގާ ގެއެއްގައި އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައި ނުވާތީ އެގޭގެ ވެރިމީހާގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ފޮނުވާފައިވަނީ މ. ބްރައިޓްފްލާވާ ގޭގެ ވެރިމީހާގެ މައްޗަށެވެ.

ޕިޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ ގޭގެ ވެރި ފަރާތަށް ދައުވާ އުފުލާފައިވަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭތީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ ގާނޫނުގެ (ށ)ގައި ވާ ގޮތުން މަސްތުވާތަކެތި ޕެޑްލްކޮށްގެން ނުވަތަ ޓްރެފިކްކޮށްގެން ހޯދާފައިވާ އެއްޗެއްކަން ސިއްރު ކުރުމަށްޓަކައި ނުވަތަ ކުށުގައި ބައިވެރިވެފައިވާ މީހަކަށް އަދަބުން މިންޖުކޮށްދިނުމަށްޓަކައި، ކުށްކޮށްގެން ހޯދާފައިވާ މުދަލެއްގެ ނުވަތަ ފައިސާއެއްގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ، ނުވަތަ އޭގެ މިލްކުވެރިކަމަށް އެއްވެސް
ބަދަލެއް ގެނައުމަށް ނުވަތަ މިލްކުވެރިކަން ބަދަލުކުރުމަށް އެނޫންވެސް ގޮތަކުން އެހީތެރިވުމަކީ ގާނޫނީ ކުށެކެވެ.

ބްރައިޓް ފްލާވާ ގެއަކީ މަސްތުވުމަށް ގިނަ އަދަދެއްގެ މީހުން ވަންނަ ގެއެކެވެ. އެތަނުގައި މީހުން މަސްތުވާން ތިބި މަންޒަރު ފުލުހުން ވަނީ ނޫސްވެރިންނަށްވެސް މީގެ ކުރިން ދައްކާފައެވެ.

comment ކޮމެންޓް