އެމްއައިގެ އާ ދެ ލެޕްޓޮޕް ވިއްކަން ފަށައިފި

އެމްއައި ނޯޓްބުކް އަލްޓްރާ އަދި ޕްރޯ އިންޑިއާގައި ވިއްކަންފަށައިފިއެވެ.

މި ލެޕްޓޮޕްތައްވަނީ އިއްޔެއިން ފެށިގެން އިންޑިއާގައި ވިއްކަން ފަށައިފައެވެ.

މި ލެޕްޓޮޕްތައް އިފްތިތާހު ކުރެވުނީ މިދިޔަ ހަފްތާގައި ބޭއްވި ޒިއޯމީގެ ސްމާޓާ ލިވިން 2022 އިވެންޓުގައެވެ.

މި ދެ ލެޕްޓޮޕްވެސް ލިބޭނީ ލަސްޓްރޮއުސް ގްރޭ ކުލައިންނެވެ. އަދި މި ދެ ލެޕްޓޮޕުގައި ވެސް ވަނީ ވިންޑޯސް 10 ކަމަށާއި ވިންޑޯސް 11 އަށް އަޕްގްރޭޑު ކުރެވޭނެކަމަށް ވެސް ޒިއޯމީން ބުންޏެވެ.

އެމްއައި ނޯޓްބުކް އަލްޓްރާ އަކީ ސީރީސް ހައެއް އެލުމިނިއަމް އިން ހަދާފައިވާ ލެޕްޓޮޕެކެވެ. މި ލެޕްޓޮޕްގައި 15.6 އިންޗީގެ (3200x2000 ޕިކްޒެލް) އެމްއައި ޓްރޫލައިފް ޕްލަސް ޑިސްޕްލޭ ވެއެވެ.

މީގެ އިތުރުން 16:10 އެސްޕެކްޓް ރޭޝިއޯ، 90 އެޗްޒީ ރިފްރެޝް ރޭޓް، 300 ނިޓްސް އޮފް ޕީކް ބްރައިޓްނެސް، 100 ޕަޗަންޓު އެސްއާރްޖީބީ ކަވަރެޖް، ޓީޔޫވީ ރެއިންލޭންޑް ލޯ ބްލޭލައިޓް ސެޓިފިކޭޝަން އަދި ޑީޗީ ޑިމިންގް ފަދަ ފީޗާސްތައް ވެއެވެ.

އެމްއައި ނޯޓްބުކް ޕްރޯގައި 14 އިންޗީގެ 2.5ކޭ (2580x1600 ޕިކްޒެލް) ޑިސްޕްލޭ ވެއެވެ.

މީގެ އިތުރުން 16:10 އެސްޕެކްޓް ރޭޝިއޯ، 300 ނިޓްސް އޮފް ޕީކް ބްރައިޓްނެސް، 100 ޕަސަންޓު އެސްއާރްޖީބީ ކަވަރެޖް، ޓީޔޫވީ ރެއިންލޭންޑް ލޯ ބްލޭލައިޓް ސެޓިފިކޭޝަން އަދި ޑީޗީ ޑިމިންގް ފަދަ ފީޗާސްތައް ވެއެވެ.

މި ދެ ލެޕްޓޮޕްގައި އަދިވެސް އިތުރު ފީޗާސްތައް ވެއެވެ.

މި ދެ ލެޕްޓޮޕް ވެސް އެމްއައި ޑޮޓްކޮމް، އެމަޒޯން އަދި އެމްއައި ހޯމް ސްޓޮސް އިން ލިބޭނެއެވެ.

އެމްއައި ނޯޓްބުކް އަލްޓަރާގެ އަގަކީ 59،999 އިންޑިއަން ރުޕީސްއެވެ. އެމްއައި ނޯޓްބުކް ޕްރޯގެ އަގަކީ 56،999 އިންޑިއަން ރުޕީސްއެވެ.

އެމަޒޯން އިން ވިއްކާ ލެޕްޓޮޕްތަކުން 4،500 އިންޑިއަން ރުޕީސްގެ ޑިސްކައުންޓެއް ވަގުތުން ލިބޭގޮތަށް ހަމަޖެހިފައިވާއިރު އެމްއައި ޑޮޓްކޮމް އިންވެސް 750 އިންޑިއަން ރުޕީސްގެ ޑިސްކައުންޓެެއް މި ލެޕްޓޮޕްތަކުން ދެއެވެ.

އެމަޒޯންގެ ޑިސްކައުންޓު ލިބޭނީ އެޗްޑީއެފްޗީ ބޭންކުގެ ކްރެޑިޓް ކާޑު، ޑެބިޓް ކާޑު އަދި އީއެމްއައިގެ އޮޕްޝަން ތަކުން ލެޕްޓޮޕް ގަންނަ ފަރާތްތަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު