ފުވައްމުލަކުން ފުރަން އޮތް ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނީ ފުވައްމުލަކުން މާލެއަށް ފުރަން އުޅުނު މޯލްޑިވިއަން އެއާލައިންސްގެ ބޯޓަކަށް ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ 8:50 ހާ އިރު ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައި ނުވެއެވެ.