މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އޯގަސްޓް 28 ވަނަ ދުވަހު ފަށާފައި ވާކަމަށް، އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އެ މަޝްރޫއަކީ 121.84 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެކުންފުނިން ބުންޏެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވަނީ ޖުލައި ހަތް ވަނަ ދުވަހުއެވެ.
ހަތަރު ސަތޭކަ ފަންސާސް ދުވަހުން ނިންމާ ގޮތަށް މި މަސަައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުންވެސް އެމްޓީސީސީ އިން ދަނީ ގިނަ ރަށްތަކެއްގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.