ކައުންސިލަށް އެންގުމެއްނެތި ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށްފި

ހއ. ދައްޕަރު --

ހއ. ފިއްލަދޫ ކައުންސިލަށް އެންގުމެއް ނެތި އެ ރަށުގެ އިހުތިޞާސުގެ ދަށުން ހއ. ދައްޕަރު ނަގައިފިއެވެ.

ދައްޕަރު އެ ރަށު ކައުންސިލްގެ އިހްތިޞާސްގެ ދަށުން ނަގާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ އާންމުކުރެއްވި ގަރާރެއްގައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން "ސަން"އަށް ވިދާޅުވީ މިކަމަކީ ރައީސްގެ ނިންމެވުމެއްކަމަށް ވުމާއެކު ކައުންސިލުގެ މާ ބޮޑު މައްސަލައެއް މިކަމުގައި ނެތްކަމަށެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ރައްޔިތުންގެ ތެރެއިން ސޯޝަލް މީޑިއާގައިވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރޭ. ބައެއް ރައްޔިތުން ބުނަމުން އަންނަނީ ކައުންސިލުގެ އިހުތިޞާސްގެ ދަށުގައި ބާއްވައިގެން ވެސް ދައްޕަރު ތަރައްގީ ކުރެވިދާނެ ކަމަށް،" ފަތުހުﷲ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅިވީ ކައުންސިލުގެ ފާރާތުންވެސް އެ ރަށުގައި ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަމަަށެވެ.

ނަމަވެސް މިހާރު އެ ރަށް ކައުންސިލުގެ އިހުތިޞާސް ގެ ދަށުން ނެގުމާއެކު މިހާރު އެކަންކަން ކުރުމަށްވެސް ހުރަސް އެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް