ބަތަލާ ސާރާ އާ ފިލްމަކަށް ސޮއިކޮށްފި

ވިކްރަންތު އާ ސާރާ---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން އާ ފިލްމަކަށް ސޮއިކޮށްފިއެވެ.

ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އުފައްދާ މި ފިލްމުގެ ނަމަކީ "ގޭސްލައިޓް"އެވެ. މި ފިލްމުގައި ސާރާ އާއެކު ލީޑު ރޯލު ކުޅޭނީ ދީޕިކާ ޕަދުކޯން އާއެކު "ޗަޕާކް" ކުޅުނު އެކްޓަރު ވިކްރަންތު މަސީއެވެ. އަންނަ މަހުގެ ފަސް ވަނަ ދުވަހު ޝޫޓިން ފަށާ މި ފިލްމުގައި ސީނިއާ އެކްޓަރެއްވެސް ހަރަކާތްތެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ރަމޭޝް ތައުރާނީއެވެ.

ދެހާސް އަށާރަވަނަ އަހަރު އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު އާއެކު ބޮލީވުޑަށް ތައާރަފްވި ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރު އާއެކު "އަތުރަންގީ ރޭ" އިންނެވެ.

comment ކޮމެންޓް