ދޮގު ހަބަރު ފެތުރުމަކީ ނުބައިކަމާއި ނުރައްކަލުން ފުރިފައިވާ ކަމެއް: ހުތުބާ

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމުގެ ވާހަކަ މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުތުބާގައި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާ ބެހޭގޮތުން ނަސޭހަތްތެރިވިއިރު ޒަމާނީ ގޮތުން އައިސްފައިވާ ކުރިއެރުންތައް ބޭނުންކޮށްގެން ދޮގު ހަބަރު ފަތުރައި އާންމުންގެ ތެރޭގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭފަދަ ގޮތަކަށް ހަބަރު ފެތުރުމުގެ ނުބައިކަމާއި ނުރައްކާތެރިކަމުގެ މައްޗަށް މިއަދުގެ ހުތުބާގައި ވަނީ ވާހަކަދައްކައިފައެވެ.

މި ޒަމާނަކަށް އައިސް ހަބަރު ފެތުރުމުގެ ގިނަ މަގުތައް ފަހި ވެފައިވާ އިރު ސޯޝަލް މީޑިއާ އަދިވެސް އެހެން ވަސީލަތްތަކުން ދޮގު ހަބަރު ތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން ބޮޑުކަމަށް ހުތުބާގައި ބުންޏެވެ.

އަދި ކީރިތި ގުރުއާނުގައިވެސް ދޮގު ހަބަރުތައް ފަތުރަމުންދާ މީހުންނާއި އެފަދަ ދޮގު ވާހަކަތައް ގަބޫލުކުރާ މީހުންނަށް ކުރިމަތިވި މުސީބާތްތަކުގެ ވާހަކަ ބަޔާންކުރައްވާފައިވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންނާއި ހަބަރުތައް ފަތުރާ ފަރާތްތަކުން ކުރަމުން ގެންދަނީ ވަރަށް ބޮޑު ގައުމީ ވާޖިބެއްކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.

އެހެންކަމުން ނޫސްވެރިންނާ މީޑިއާގެ އަހުލުވެރިންނަށް ފަސޭހަކަމާއެކު ހަބަރުތައް ފެތުރޭ އިރު އެ ފަތުރާ ހަބަރަކީ އެއްވެސް އޮޅުވާލުމެއްނެތް ހަބަރެއްކަން ކަށަވަރު ކުރަން ޖެހޭނޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަމުގެ ހަގީގަތާއި އެއްގޮތަށް ފޯރުކޮށްދޭ ހަބަރުތަކަކަށް ވާން ޖެހޭނޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް