ކަރަންޓީނުގައި ނެތް މީހަކު ހުޅުދުއިން ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ، ހުޅުމީދޫ

ހޯމް ކަރަންޓީނުގައި ނެތް މީހަކު އައްޑޫ ސިޓީ ހުޅުދޫ އިން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސައިން ފައިޒުއްރަހްމާން "ސަން" އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވެފައިވަނީ ބިދޭސީއެއް ކަމަށެވެ.

"އެ ބިދޭސީ މީހާއަކީ މި ރަށުގައި މަސައްކަތްކުރަން އުޅޭ ބިދޭސީއެއް. އެއްވެސް އިރެއްގައި މާލެ ގޮސްފައެއްނުވޭ،" ފައިޒުއްރަހްމާން ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ އޭނާ ޕޮޒިޓިވްވުމާ ގުޅިގެން މިވަގުތު ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިނުވާކަމަށެވެ.

ނަމަވެސް ރަށުގެ ހާލަތު ދެނެގަތުމުގެ ގޮތުން ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

ހުޅުދޫ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން މޮނިޓަރިންއަށް ލާފައެވެ.

comment ކޮމެންޓް