ތިލަފުށީގެ ވެމްކޯ ކުނި ނައްތާލާ ސައިޓުގެ ހިދުމަތް ދޭ ގަޑިތަކަށް ވެމްކޯއިން ބަދަލުތަކެއް ގެނެސްފިއެވެ.
ވެމްކޯއިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑުގެ އާންމު ހާލަތު ރަނގަޅުވުމާ ގުޅިގެން ކަމަށެވެ.
މިއަދުން ފެށިގެން މި ބަދަލު ގެންނަން ނިންމާފައިވާއިރު، ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަސްތަކެއްގައި ވެމްކޯ ސައިޓު ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން 19:00 އަށެވެ.
އަދި ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 09:00 އިން 11:00 އަށް، އަދި 14:30 އިން 19:00 އަށެވެ.
މީގެ ކުރިން ވެމްކޯއިން ހުކުރު ދުވަހު ހިދުމަތް ދިނީ ހެނދުނު 08:30 އިން 11:00 އަށް، އަދި 14:30 އިން 20:00 އަށެވެ.
ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކު މީގެ ކުރިން ވެމްކޯއިން ހިދުމަތް ދިނީ ހެނދުނު 08:30 އިން 20:00 އަށެވެ.