އިސްދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ އެމްޓީސީސީ

ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީ އިން ބުނީ އިސްދޫ ބަނދަރުގެ މަސައްކަތް ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުކަމަށެވެ.

މި މަޝްރޫގެ ދަށުން، ބަނދަރުގެ ވޯކްވޭ ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް ޖޫން 30 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

އަދި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މީގެ އިތުރުން 235 މީޓަރުގެ ބްރޭކް ވޯޓާއެއް ގާއިމްކުރުމާއި 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ. ހަމައެއާއެކު ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް 27 ވަނަ ދުވަހު 330 ދުވަހުގެ ތެރޭ އަމަލީ މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 34.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް