އޭޑީކޭ އިން ފާމަސޫޓިކަލް ސަޕްލައި ޕްރޮމޯޝަނެއް ފަށައިފި

އޭޑީކޭ ފާމަސީ 2 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލުން ފާމަސޫޓިކަލް ސަޕްލައި ޕްރޮމޯޝަންއެއް ފަށައިފިއެވެ.

"ކެއާ އަ ޑީލް" އޭގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަނުގެ ދަށުން ވަނީ ފަސޭހައިން ބްލަޑް ގުލޫކޯޒު ޓެސްޓު ކުރެވޭ ޕްރޮޑަކްޓުތަކެއް ކަމަށްވާ އެކޫ ޗެކް ޕަފޯމާ އާއި އެކޫ ޗެކް އެކްޓިވް އިން ހާއްސަ ޑިސްކައުންޓެއްދޭން ނިންމާފައެވެ.

އޭޑީކޭގެ ބައެއް ފާމަސީތަކަކުން މި ޕްރޮމޯޝަން ލިބެން ހުންނަ އިރު ޕްރޮމޯޝަން ކުރިއަށް ދާނީ މި ދެޕްރޮޑަކްޓުގެ ސްޓޮކް ހުސްވަންދެނެވެ.

މި ޕްރޮމޯޝަން ލިބޭ ފާމަސީތަކުގެ ތެރޭގައި އޭޑީކޭ ފާމަސީ 1، އޭޑީކޭ ފާމަސީ 2، އޭޑީކޭ ފާމަސީ 5، އޭޑީކޭ ފާމަސީ 10، އޭޑީކޭ ފާމަސީ 11 އަދި މެޑް ފާމަސީ 1 ހިމެނެއެވެ.

އެކޫ-ޗެކް ޕަފޯމާއަކީ ފަސޭހަކަމާއެކީ ބްލަޑް ގުލޫކޯޒު ޓެސްޓުކުރެވޭ އިތުބާރުހުރި ޕްރޮޑަކްޓެކެވެ. އަދި މިޕްރޮޑަކްޓުގައި 500 އަށް ވުރެ ގިނަ ޓެސްޓު ރައްކާ ކުރެވި ފަސް ސިކުންތުގެ ތެރޭގައި ނަތީޖާ ލިބެއެވެ. އަދި ޑިސްޕްލޭ ސާފު ވެފައި ކިޔަން ފަސޭހައެވެ.

އެކޫ-ޗެކް އެކްޓިވް އަކީވެސް ފަސޭހައިން ބޭނުންކޮށްލެވޭ އިތުބާރުކުރެވޭ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓް ޑިޒައިން ކޮށްފައި ވަނީ ކުރިއަށް ވުރެ ކުޑަކޮށެވެ. ނަމަވެސް ޑިސްޕްލޭ ކުރިއަށްވުރެ 10 ޕަސެންޓު ބޮޑުވާނެއެވެ. އަދި އެއްފަހަރާ 90 ދުވަހުގެ ޓެސްޓުތަކުގެ ނަތީޖާ ދައްކައެވެ.

comment ކޮމެންޓް