ޖާބިރު ގާސިމަށް ހަ މިލިއަން ރުފިޔާ ދިން ކަމަށް ބުނާ ވާހަކަ ޖޭޕީން ދޮގު ކޮށްފި

އޮކްޓޯބަރ 28، 2018: ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިޚާބުކުރުމަށް ބޭއްވި ކައުންސިލް ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ހަ މިލިއަން ރުފިޔާ ދިން ކަމަށް ބުނެ އޭނާ ދައްކާ ވާހަކަ ޖުމްހޫރީ ޕާޓީން ދޮގު ކޮށްފިއެވެ.

ގާސިމް އިބްރާހިމް އަތުން ހަ މިލިއަން ރުފިޔާ ހޯދަން ޖާބިރު ވަނީ މިދިޔަ އަހަރު ސިވިލް ކޯޓުގައި ދައުވާ ވެސް ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ ގާސިމަށް، އަބްދުﷲ ޖާބިރު، މިދިޔަ ރިޔާސީ އިންތިޚާބަށް ފައިސާ ތަކެއް ދިން ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ހަދާ ދޮގެއް ކަމުގައި ދަންނަވަން ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށެވެ.

ޖޭޕީން ބުނީ ޖާބިރު މިފަދަ ބުހުތާން ވާހަކަ ދެއްކުން ވަގުތުން ހުއްޓާލާ، ހެއްދެވި ފަރާތައް އަވަހަށް ތައުބާ ވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޖާބިރުގެ އަމަލުތައް ފަހަކަށް ހުރި ގޮތުން އޭނާގެ ހޭބުއްދި ސަލާމަތުން ހުރިތޯ އޭނާ އާ ގުޅޭ ފަރާތް ތަކުން ބެލުމަށްވެސް ވަނީ ޖޭޕީން ވަނީ ގޮވާލާފައެވެ.

ޖާބިރު، ގާސިމާ ދެކޮޅަށް މިދިޔަ އަހަރު ސިވިލް ކޯޓުގައި ދައުވާ ކުރި ފޯމުގައިވާ ގޮތުން އެ ދައުވާ އަކީ ގާސިމްއަށް ޖާބިރު ދެއްވި ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން ނުދައްކާ ހުރި 65،000 ޑޮލަރު (އެއް މިލިއަން ރުފިޔާ) ހޯދުމަށާއި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް، ގާސިމް ޖާބިރު އަތުން ހޯއްދެވި ކަމަށް ބުނާ ފަސް މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ހޯއްވަން ކުރެއްވި ދައުވާ އެކެވެ.

އެއީ މުޅި ޖުމްލަ ހަ މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ދެއްވި ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ އެ މައްސަލައިގައިވެސް ޖާބިރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

comment ކޮމެންޓް