އުމްރާއަަށް ތައްޔާރުވުމުގައި ރައްކާތެރިކަމުގެ އިތުރު ފަށަލައެއް

ދިވެހި ހައްޖާޖީއަކު އެއާޕޯޓުން ނުކުމެގެން އަންނަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

އުމްރާކުރުމަށް ގަވާއިދުން މާތްވެގެންވާ މައްކާއަށް ދާ ދިވެހީން މަދެއް ނޫނެވެ. އެކަމަކު މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮރޯނާވައިރަސް ބަލީގެ ޕެންޑެމިކާ ގުޅިގެން މި މާތް އަދި ހާއްސަ އަޅުކަމުން އެތައް ބަޔަކު މަހުރޫމުވިއެވެ. ކައުބާގެ އަރިހަށް ގޮސް ތަވާފުކޮށްލައި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ފައިސާ އެއްކޮށްގެން އުންމީދުގައި ތިބި ގިނަ ބަޔަކު ޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ. ސައުދީ އަރަބިއްޔާއިން އުމްރާ ވިސާ ދޫކުރުން ހުއްޓާލައި، ހަރަމްފުޅުވެސް ދުވަސްކޮޅަކަށް ބަންދުކުރީއެވެ.

ނިމިދިޔަ ދެ ހައްޖު މޫސުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ތެރޭގައި ހައްޖުވުމުގެ ނަސީބު ލިބުނީ ސައުދީގައި ދިރިއުޅޭ، މަދު އަދަދެއްގެ ބަޔަކަށެވެ. ނަމަވެސް މިއަހަރު ކޮވިޑް-19 ގެ އެންމެ ކޭސްއެއް ވެސް ނުފެނި ނިންމާލި ހައްޖުއަޅުކަމުގެ މޫސުމުން ކަންކަން ދަސްކޮށް، ސައުދީން މިހާރު ވަނީ ބޭރު ގައުމުތަކުގެ މުސްލިމުންނަށް އުމްރާވުމުގެ ފުރުސަތު އޯގަސްޓު 10 އިން ފެށިގެން ދޭން ތައްޔާރުވެފައެވެ. އެއީ ވެކްސިންގެ ދެޑޯޒް ޖަހައި ފުރިހަމަކޮށްގެން ތިބޭ މީހުންނަށެވެ.

އެހެންކަމުން ބެލެވެނީ ރާއްޖެއިން ވެސް އުމްރާއަށް ދިއުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެކަމަށެވެ.

އެކަމަކު އުމްރާއަށް ދިއުމަށް ތައްޔާރުވާން ފަށާ އިރު ފޮށިތަންމައްޗަށް ލާންޖެހޭ ވަރަށް މުހިންމު އެއްޗެއް އޮވެއެވެ. ރައްކާތެރިކަމެވެ. ހައްޖާއި އުމްރާއަކީ ގައުމުން ބޭރަށް ދަތުރުކުރުމާއި ގިނަ ބައެއްގެ ތެރޭގައި އުޅެ އަދާކުރަންޖެހޭ އަޅުކަމަކަށް ވާއިރު، ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެ ރައްކާތެރިކަން ހޯދައިގެން ހުރުމަކީ އެންމެ އެދެވޭ ގޮތް ނޫންތޯއެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ފޯރުކޮށްދޭ ހައްޖު އެންޑް އުމްރާ ތަކާފުލްއަކީ މިކަމަށް އޮތް ހައްލެވެ. ހައްޖާއި އުމްރާއަށް ނަމަ މީހަކަށް 1,000 ރުފިޔާ، އަދި އުމްރާއަށް އެކަނި ނަމަ މީހަކަށް 750 ރުފިޔާ ދައްކައިގެން ލިބޭ މި ހިދުމަތުން ހުޅުވައިދެނީ ރައްކާތެރިކަމާއެކު ހައްޖާއި އުމްރާގެ އަޅުކަން ފުރިހަމަކޮށްގެން އަމިއްލަ ގައުމަށް އައުމުގެ މަގެކެވެ.

މި ތަކާފުލް ސެޓިފިކެޓުގެ ދަށުން ހައްޖު ނުވަތަ އުމްރާގެ އަޅުކަމުގައި އުޅޭއިރު ދިމާވާ ގިނަ ކަންތައްތަކަށް ކަވަރޭޖު ހޯދައިދެއެވެ. އޭގެ ތެރޭގައި އިމަޖެންސީ ނުވަތަ ކުއްލި ހާލަތުގައި ސިއްހީ ހިދުމަތަށް ކުރާ ހަރަދު، ޗެކިން ކޮށްފައިވާ ބެގޭޖު ގެއްލުން ނުވަތަ ފޯރުން ލަސްވުމުންނާއި، ޕާސްޕޯޓު ގެއްލުމުންނާއި، ފައިސާއާއި އެހެނިހެން އަގުބޮޑެތި ތަކެތި ގެއްލުމުންނާއި، ޕާސަނަލް ލަޔަބިލިޓީ އަދި ހާދިސާއެއްގެ ސަބަބުން ނިޔާވުމުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަކަށް ދިޔުމުން ފަދަ ކަންކަމަށް ބަދަލު ލިބިދެއެވެ.

އިސްލާމިކް އިންޝުއަރަންސް ނުވަތަ ތަކާފުލް ހިދުމަތް ލިބިގަންނަ އިރު, ގެއްލުމުގެ ބަދަލަށް އެދި ހުށައެޅުމުގައި ފަރުދީ ޒިންމާތަކެއްވެސް ވާކަން ހަނދާންކުރުން މުހިއްމެވެ. އެގޮތުން ލިބޭ ގެއްލުން ކުޑަކުރުވެން އޮތް ވަރަކަށް ކުޑަކުރަން ފިޔަވަޅު އެޅުމާއި، އެއްޗެއް ގެއްލުން ފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން ފުލުހުންނަށް އަންގައި ޕޮލިސް ރިޕޯޓެއް ހޯދުން ފަދަ ކަންކަމަށް ސަމާލުވާން ވާނެއެވެ.

މި ތަކާފުލްގައި ބައިވެރިވެވޭނެ ތަފާތު ގޮތްތަކެއް ހުންނަ ނަމަވެސް، މި ޒަމާނުގައި އެންމެ ފަސޭހަ ގޮތަކީ އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" އޮންލައިން ޕޯޓަލް ނުވަތަ އެލައިޑް މޯބައިލް އެޕް މެދުވެރިކޮށް އެކަން ކުރުމެވެ. އެހެން ނޫނީ އަޅުގަނޑުމެންގެ ކަސްޓަމަރ އޮފީހަށް ވަޑައިގެންވެސް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ވަރަށް ފަސޭހަކަމާ އެކު މި ތަކާފުލް ނެންގެވިދާނެއެވެ.

ހައްޖާއި އުމްރާގެ ދަތުރަކީ މުހިއްމު އަދި އެހާމެ ހާއްސަ ދަތުރެކެވެ. އެއީ ރޫހާނީ ގޮތުން ނަފްސު ތާހިރުކޮށްދޭ މާތް ދަތުރެކެވެ. އެހެން ނަމަވެސް އެ ދަތުރާ ކުރިމަތިލާ އިރު ވެސް އަމިއްލަ ނަފްސާއި މުދަލަށް ރައްކާތެރިކަމުގެ އިތުރު ފަށަލައެއް ލުމަކީ މޮޅު އަދި އެންމެ ރައްކާތެރި ގޮތްކަން ކަށަވަރެވެ.

comment ކޮމެންޓް