ގއ. ދާންދުއިން ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގއ. ދާންދުއިން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ދާންދޫގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކޮށްފައިވަނީ ދެ ދިވެހި އަންހެނުންނާއި ދެ ދިވެހި ފިރިހެނުންގެ އިތުރުން ތިން ބިދޭސީ ފިރިހެނުންނެވެ.
"މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ދާންދޫ ކައުންސިލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.