މޮނިޓަރިން އުވާލައި ފޮނަދޫ އާންމު ހާލަތަށް ގެެނެސްފި

ލ.ފޮނަދޫ ހެލްތު ސެންޓަރު---

ލ. ފޮނަދޫގެ ކޮވިޑް ހާލަތު ކޮންޓްރޯލް ކުރެވުމާއެކު މޮނިޓަރިންއިން ނަގައި ރަށް އާންމު ހާލަތަށް ގެންގޮސްފިއެވެ.

ފޮނަދޫ މޮނިޓަރިންއަށް ލީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ މާލެއިން ފޮނަދުއަށް ދިޔަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ފޮނަދޫ ކައުންސިލުން ވަނީ ރޭގެ ވަގުތެއްގައި އެ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަން ޔަގީންކޮށްދީފައެވެ.

އަދި މިވަގުތު ކޮވިޑްގެ އެކްޓިވް އެއްވެސް ކޭސް އެއް ނެތް ކަަމަށާއި، ރަށުތެރެއިން ނެގި ރޭންޑަމް ސާމްޕަލްތައްވެސް ނެގެޓިވް ވެފައިވާ ކަމަށް ފޮނަދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑު ފެންނަ ރަށްރަށް މޮނިޓަރިންއިން ނަގަނީ ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު ވަކި އިންސައްތައަކަށް ދަށް ވުމުންނެވެ.

ފޮނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާއިރު، މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ އަށް ރަށެކެވެ. އެއީ ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އަދި ތ. ހިރިލަންދޫއެވެ.

comment ކޮމެންޓް