މި މަހު ފުރަތަމަ 11 ދުވަހު ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އޯގަސްޓް މަހުގެ ފުރަތަމަ 11 ދުވަހު ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ފުރަތަމަ 11 ދުވަހު 52،792 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

އެ މުއްދަތުގައި އެވަރޭޖްކޮށް ދުވާލަކު އައިސްފައިވަނީ 4،799 ފަތުރުވެރިންނެވެ.

މި މަހުގެ 11ގެ ނިޔަލަށް މިއަހަރު އައި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 665،159 އެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ފަސް މާކެޓަކީ؛

  • ރަޝިއާ: 149،731
  • އިންޑިއާ: 120،119
  • ޖާމަނީ: 37،598
  • ޔޫއެސްއޭ: 27،412
  • ޔޫކްރެއިން: 26،248

ރިސޯޓު މުވައްޒަފުންގެ ތެރެއިން މިހާތަނަށް އައިއިރު 97 ޕަސެންޓް މުވައްޒަފުން ވަނީ ވެކްސިން ޖަހާފައެވެ. އަދި ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ ރިސޯޓު މުވައްޒަފުންގެ 92 ޕަސެންޓެވެ.

comment ކޮމެންޓް