ދިޔާނާއާއި ޖާބިރުގެ ކައިވެނި ނިމުމަކަށް

ކަޕްލް ގޯލްސްއަށް ޖާބިރު އާއި ދިޔާނާ ދިން އިންޓަވިއުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ އަނބިކަނބަލުން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވަރިކުރައްވައިފިކަން ހާމަވެއްޖެއެވެ.

މިއަދު ޖާބިރާ ގުޅޭ ގޮތުން ދިޔާނާ ޓެގްކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ދިޔާނާ ވަނީ އެ ޓުވީޓް އޭނާ އަށް އަމާޒުވާންވީ އެއްވެސް ސަބަބެއް ނޯންނާނެކަމަަށް ވިދާޅުވެފައެވެ.

އަދި މިހާރު އޭނާ އަކީ އެއްވެސް މީހެއްގެ އަނތްބެއް ނޫންކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

މި ޓްވީޓާއެކު ޖާބިރު ދިޔާނާ ވަރިކުރެއްވިކަން ހާމަވެފައިވާއިރު މިކަމާ ގުޅިގެން ދިޔާނާ އާއި ޖާބިރުގެ ބަހެއް އަދި ލިބިފައެއްނުވެއެވެ.

ދިޔާނާއާއި ޖާބިރު ކައިވެނިބައްލަވައިގެން އުޅޭތާ 15 އަހަރު ވަނީ ވެފައެވެ. އަދި ކައިވެންޏަށް ދެ ބޭފުޅުންވެސް ވަނީ ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް