ޒަހާ ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަނުކޮށްފި

މާޗް 10، 2020: ހުޅުމާލޭ ފޭސް 2ގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން؛ ކުރީގެ މިނިސްޓަރު ޒަހާ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު "ސަން" އަށް ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒަހާ އައްޔަންކޮށް، މިއަދު މެންދުރު މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.

https://sun.mv/151884

މޯލްޑިވްސް ރިފޯމް މޫމަންޓު (އެމްއާރުއެމް) ގެ ސްލޮޓެއްގައި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ޒަހާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. ޒަހާ މަގާމުން އިސްތިއުފާ ދީފައިވަނީ، މިނިސްޓަރު ކަމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނިކޮށެވެ.

ޒަހާ އިސްތިއުފާ ދެއްވުމުން ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން އެންވަޔަރަމަންޓް މިނިސްޓަކަށް ހުންނެވި ޑރ. ހުސައިން ރަޝީދުއެވެ.

comment ކޮމެންޓް