ގްރީސްގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން އެގައުމަށް އެތައް ގެއްލުމެއް ލިބިއްޖެ

ގްރީކްގެ އެވިއާ ރަށުގައި ރޯވަމުންދާ އަލިފާން --- ފޮޓޯ/ ދަ ވޮޝިންގްޓަންސް ޕޯސްޓް

ގްރީސްގައި ރޯވަމުންދާ އަލިފާނުގެ ސަބަބުން ކުރާ އަސަރު އިތުރަށް ބޮޑުވެ އެގައުމުގެ ގިނަ ހިސާބުތަކަކަށް ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

އެގައުމުގެ އޮފިޝަލުން ވިދާޅުވީ މި އަލިފާންގަނޑު ރޯވީ މީގެ 30 އަހަރު ތެރޭގައިވެސް އެ ގައުމު ދުށް އެންމެ ހޫނު ގަދަ ދުވަސްވަރަށް މިދުވަސްވަރު ވުމުން ކަމަށެވެ.

މި އަލިފާނާ ގުޅިގެން ގްރީސްގެ ރަށެއް ކަމަށްވާ އެވިއާއިން މި ހަފްތާ ބަންދު ތެރޭ 2000 އަށްވުރެ ގިނަ މީހުން ވަނީ އެހެން ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

އެވިއާގެ ރައްޔިތުންވަނީ މިދިޔަ ހަފްތާއިން ފެށިގެން އެރަށުގައި ރޯވަމުންދާ އަލިފާނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ހާދިސާގެ ސަބަބުން ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި އެރަށުން ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ގޮތެއް ނުވެފައި އެތައް ބަޔަކު އެބަ ތިބި ކަމަށް ވެސް އޮފިޝަލުން ފާހަގަކުރެއެވެ.

މިދިޔަ މަހުގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތައްވަނީ ހިނގާފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި އަލިފާން ރޯވަމުންދާއިރު ޔުނައިޓެޑް ނޭޝަންސްއިން މިދިޔަ ހޯމަ ދުވަހު ވަނީ އިންސާނުންގެ އަމަލުތަކާ ގުޅިގެން މޫސުމަށް ކުރިން އެނގިފައި ނުވާހާ ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށް ބުނެފައެވެ.

comment ކޮމެންޓް