ސާފް ރީޖަނަލް ސޭފްގާޑް ކޮމިޓީއަށް ރާއްޖެ

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޔޫތް މިނިސްޓަރު މަހްލޫފު -- ފޮޓޯ/ އެފްއޭއެމް

ސާފް ރީޖަނަލް ސޭފްގާޑް ސްޓިއަރިން ކޮމިޓީގެ ޗެއާއަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސާފް ރީޖަނަލް ސޭފްގާޑް ސްޓިއަރިން ކޮމިޓީގެ ޗެއާއަކަށް ރާއްޖެ ހަމަޖެހިފައިވާ ކަމަށެވެ.

އެފްއޭއެމް ފައުންޑޭޝަންގެ ޓީމު އަދި ހުރިހާ ބައިވެރިންނަށް ބައްސާމް ވަނީ ޝުކުރު އަދާކޮށްފައެވެ.

ދުނިޔޭގެ ރައްކާތެރި ކުޅިވަރު ދުވަހުގެ މުނާސަބާތުގައި ސާފްއިން އަލަށް ތައާރަފު ކުރި ކޮމިޓީގެ ޗެއާއަކަށް ރާއްޖެ ހަމަޖައްސާފައިވަނީ އެފްއޭއެމްއިން މުޖްތަމައުއަށް ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންކަމަށް ސާފްއިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތްތަނުގައި ކޮމިޓީގެ މަގާމުތައް ކަނޑައަޅާނީ މެންބަރު ގައުމުތަކުގެ ވޯޓަކުންކަމަށްވެސް ބުނެފައިވެއެވެ. ކޮންމެ އަހަރަކުވެސް މިކޮމެޓީގެ މަގާމުތަށް ބަދަލުވާނެކަމަށް ސާފްގެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް