ރާއްޖޭގައި ހުރި އެސްޓަރަޒެނެކާ ވެކްސިންގެ މުއްދަތު ހަމަވާނީ ނޮވެމްބަރަށް: ޑރ. ނަޒްލާ

އެސްޓްރާޒެނެކާގެ ވެކްސިން -- ފޮޓޯ: ރޮއިޓާސް

ރާއްޖެގައި ހުރި އެސްޓަރަޒެނެކާ ވެކްސިންގެ މުއްދަތު ހަމަވާނީ މި ނޮވެމްބަރުގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި ވެކްސިންގެ މުއްދަތު ހަމަވާން އަދި ދުވަސް އެބައޮތް ކަމަށެވެ.

ވެކްސިން އުފައްދާއިރުވެސް ވެކްސިން ގެ "ލައިފް" ކުރުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ވެކްސިން އުފައްދާއިރު ވެސް މި އިންނަނީ ކުޑަ ޝެލްފް ލަައިފް އެއް. ހަ މަސް ދުވަހުގެ ލައިފެއް މި އިންނަނީ ވެކްސިންގެ," ޑރ. ނަޒްލާ ވިދާޅުވިއެެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުންދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ސެޕްޓެމްބަރު އެކެއްގެ ކުރިން ފުރަތަމަ ޑޯޒް ނުނިންމައިފިނަމަ ވެކްސިންގެ މުއްދަތު ހަމަވާން ވާއިރާއަށް ވެކްސިން ޖަހާ ނުނިންމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ޑޯޒްއަށްފަހު ދެ ދުވަސް ފަހުން ދެވަނަ ޑޯޒް ޖެހޭނީ. އެހެންވީމަ ވެކްސިން އަކީ އެހާ އިމްޕޯޓަންޓް ރިސޯސްއަކަށް ވާއިރު ވެކްސިން ބޭނުން ނުކޮށް އުކާލާކަށް ނޭދެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ވެކްސިން ޖަހަން އަންނަ މީހުން ނިސްބަތުން މަދު ކަމަށާއި ސެޕްޓެމްބަރު 1 ގެ ކުރިން ވީހާވެސް ގިނަ ބަޔަކު ފުރަތަމަ ޑޯޒް ޖަހަން އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް