އިންގްސް ވިލާއަށް ބަދަލުވެއްޖެ

ލީގު މެޗެއްގެ ތެރެއިން އިންގްސް--- ފޮޓޯ: މެޓްރޯ

ސައުތުހެމްޓަންގެ އިނގިރޭސި ފޯވާޑް ޑެނީ އިންގްސް އެސްޓަން ވިލާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ފޯވާޑް ވިލާއަށް ބަދަލުވެފައިވަނީ 25 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. ތަޖުރިބާކާރު ފޯވާޑް އިންގްސްވަނީ މިދިޔަ ސީޒަނުގައި 14 ގޯލު ޖަހާފައެވެ.

އެސްޓަން ވިލާއިން ވަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށްޓަކައި ބޮޑު ހަރަދެއް ކޮށްފައެވެ. އެގޮތުން އެކްލަބުން ވަނީ ލިއޯން ބެއީ އާއި އެމީ ބުންޑިއާގެ އިތުރުން އެޝްލީ ޔަންގް ވެސް އެކްބަލަށް ގެނެސްފައެވެ.

އިންގްސް ވިލާ އާއި ގުޅުމުން އެޓީމުގެ ކޯޗު ޑީން ސްމިތު ބުނީ އިންގްސް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ކުޅުނު ހުރިހާ ކްލަބެއްގައި އޭނާ ގިނަ ގޯލްތަކެއް ޖަހާފައިވާ ކަމަށެވެ.

އެސްޓަން ވިލާއިން ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވާއިރު އެކްލަބުގެ އެންމެ މުހިންމު ކުޅުންތެރިއާ އަދި ކެޕްޓަން ޖެކް ގްރީލިޝް މެންޗެސްޓާ ސިޓީއަށް ސޮއި ކުރުމުގެ ހުރިހާ ކަމެއްހެން އޮތީ ގާތްގަނޑަކަށް ނިމިފައެވެ.

ގްރީލިޝް ސިޓީ އާއި ގުޅެނީ އިނގިރޭސި ޓްރާންސްފާ ރިކޯޑް އަދަދަކަށެވެ. ސިޓީއިން ވަނީ 100 މިލިއަން ޕައުންޑުގެ ބިޑެއް ގްރިލިޝްއަށް ހުށައަޅާފައެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި މާދަމާގެ ވަގުތެއްގައި ގްރިލިޝްގެ ޓްރާންސްފާގެ ކަންތައްތަށް ނިމިގެންދާނެއެވެ.

comment ކޮމެންޓް