މެމްބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. އެނގިފައިވާ ގޮތުގައި ޖާބިރު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުމުން ކަމާބެހޭ އިދާރާތަކުން ވަނީ އެކަން ހުއްޓުވައިފައެވެ.

އެނގިފައިވާ ގޮތުގައި މެމްބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައި އޮންނަތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވަނީ ކޯޓު އަމުރެއްގެ ދަށުން ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

"މެމްބަރު ޖާބިރުގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި. މިދިޔަ ހަފުތާގައި ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވިއިރުވެސް ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ފުރާވަޑައިނުގެންނެވުން." ހަނަފީ ވިދާޅުވިއެވެ.

އެހެން ނަމަވެސް މެމްބަރު ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ސަބަބު ހާމައެއް ނުކުރައްވައެވެ.

comment ކޮމެންޓް