ކޮވިޑް ވެކްސިން ޖަހަން އިންޑިއާގައި ދިރިއުޅޭ ރެފިއުޖީންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވެއްޖެ

އިންޑިއާއަށް އައި ކޮވިޑް-19 ގެ ރާޅަށްފަހު އެ ގައުމުގައި ދިރިއުޅޭ ރޮހިންގާ ރެފިޔުޖީންނަށް ވެކްސިން ޖެހުމުގައި ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހިއްޖެއެވެ.

އެގޮތުން ޖެނުއަރީގައި އިންޑިއާއިން ވެކްސިން ދޭން ފަށާފައިވާއިރު ފުރަތަމަ ހަތަރު މަހުގައި އެގައުމުން ވަނީ ޕާސްޕޯޓު ނުވަތަ ކާކުކަން އަންގައިދޭ ފަދަ ދައުލަތުގެ ލިޔުމެއް ބޭނުންވާނެ ކަމަށް ބުނެފައެވެ.

ހަމައެއާއެކު ވޮލެންޓިއާ ކުރާ ފަރާތްތަކުން ރެފިއުޖީ ކޭމްޕުތަކަށް ގޮސް ވެކްސިންޖަހަން ރެޖިސްޓާ ކުރަން އެހީވެދޭއިރު ގިނަ ރެފިއުޖީން ތިބެނީ އެމީހުންގެ އާއިލާތައް ކައިރީގައެވެ. އަދި މއިީ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ޑޮކްޓާޒް ވިތުއައުޓް ބޯޑާޒްގެ ވެކްސިނޭޝަނާއި އައުޓްބްރޭކް ރެސްޕޯންސް އެޑްވައިޒާ މިރިއަމް އަލިއާ ވިދާޅުވިއެވެ.

"ކޮރޯނާއަކީ ގައުމުގެ ރައްޔިތުންނާއި ރެފިއުޖީންނާ ދެމެދު ތަފާތު ކުރާނެ އެއްޗެއް ނޫން. އެހެންކަމުން ރެފިއުޖީންގެ ސަލާމަތާއި ރައްކާތެރިކަން ނުދަމަހައްޓާނަމަ ކޮވިޑްގެ މިވަބާ ޕަބްލިކް ހެލްތް އިޝޫއަކަށް ވާނެ،" ޔޫއެންގެ ރެފިއުޖީ އޭޖެންސީގެ ޑިވިޝަން އޮފް ރެސިލިއެންސް އެންޑް ސޮލިއުޝަންގެ ޑިރެކްޓަރު ސައްޖާދު މަލިކް ވިދާޅުވިއެވެ.

އިންްޑިއާއަކީ އާބާދީ ބޮޑު ގައުމަކަށް ވީ ނަމަވެސް މިހާތަނަށް އެގައުމުގައި ވެކްސިން ޖެހިފައިވަނީ އެންމެ ހަތް ޕަސެންޓު މީހުންނަށެވެ.

މީގެ އިތުރުން ރެފިއުޖީންނަކީ ކުދި ކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ ބައެއް ކަމަށް ވުމުން އެމީހުންނަކީ ދެވަނައަށް އެންމެ ރިސްކުބޮޑު ގްރޫޕުގެ ގޮތުގައި ކަނޑައެޅުމަށް ޑަބްލިއުއެޗްއޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް