މަކަރުން 60،000 ރުފިޔާ ނެގި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހޯދަމުން އަންނަ އިބްރާހިމް ރަޝީދު، (36އ)ކޭސީވިލާ، ހއ. ބާރަށް ---- ފޮޓޯ: ޕޮލިސް

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ހޯދަމުން އަންނަ މީހަކު ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އަންގާ އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ.

އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

މި މީހާއަކީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުނމީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68 ރުފިޔާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ހޯދަމުން އަންނަ މީހެކެވެ.

މި މައްސަލައާއި ގުޅިގެން ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވަނީ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު A284911 (36އ)އެވެ.

އަދި މި މަހުގެ އަށްވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިން އަށް ހަވީރު 16:00 އަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.

comment ކޮމެންޓް