އައިޖީއެމްއެޗް ކައިރިން ކާރެއް ރުކަކަށް އަރާ އެކްސިޑެންޓެއް ހިނގައިފި

އައިޖީއެމްއެޗް ކައިރިން މިއަދުވި އެކްސިޑެންޓް. -- ފޮޓޯ/އެމްވީކްރައިސިސް

އައިޖީއެމް ހޮސްޕިޓަލް ފުރަގަހުން ބޮޑުތަކުރުފާނު މަގުން ކާރެއް ރުކަކަށް އަރާ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވާނީ މިއަދު ހެނދުނު 09:50 ހާއިރުކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އެ އެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިނީ ލައިސެންސް ނެތް ފިރިހެނެއް ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އެ ކާރު ފުލުހުން ޓޯކޮށްފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ވެސް ވަނީ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަންހެނަކާއި ކުޑަކުއްޖަކަށް އަނިޔާ ވެފައެވެ. އިއްޔެ އެކްސިޑެންޓު ވެފައިވަނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން ބިދޭސީއެއްގެ ފޯނު ފޭރިގަތުމަށްފަހު ދެ މީހަކު ސައިކަލުގައި ފިލަން އުޅުމުގެ ތެރޭގައެވެ.

comment ކޮމެންޓް