މުލީއާގެ ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހާގެ ބަންދު އިތުރުކޮށްފި

މޭ 6، 2021: މުލީއާގެ ކައިރި ސެކިއުރިޓީ ބަލަހައްޓޠަން ހުރި ސިފައިންގެ މީހެއް. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ފިޔަވަޅު ސިފައިން ވަރުގަދަކުރިއެވެ. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލީއާގެ ކައިރިއަށް ގޮސް ބޮމުގެ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މީހާގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.

މުލީއާގެ ކައިރިއަށްގޮސް އެތަން ގޮއްވާލާނެކަމުަށް ބުނެ އިންޒާރު ދިނީ މި މަހުގެ ނުވަ ވަަނަ ދުވަހުއެވެ. އެ މައްސަލައިގައި ފުލުހުން ފުރަތަމަ ހައްޔަރު ކުރީ ދެމީހުންނެވެ.

ނަމަވެސް އެތަނުން އެކަކު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ފުލުހުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހާގެ ބަންދަށް 15 އިތުރުކޮށްފައިވާ ކަަމަށެވެ.

ފުލުހުން އެމީހާ ހައްޔަރުކުރީ މުލީއާގެ ކައިރިއަށް ގޮސް އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ. އެމީހުންގެ އަތުގައި އޭރު ދަބަހަކާއި ރަތް ކޮތަޅެއްގެ އިތުރުން ކަރުދާސް ފޮއްޓެއް ހުއްޓެވެ. ބަންދުގައި ހުރި މީހާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމަށް އިންޒާރު ދިނުން އަދި ބިރު ދެއްކުމުގެ ތުހުމަތާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

comment ކޮމެންޓް