އެންމެ ގިނަ މީހުން ބަލާ ޑްރާމާ އަކީ "އަނުޕަމާ"!

އަނުޕަމާ އިން ފެނިގެންދާ ބައެއް ތަރިން --

ގިނަ ދުވަސްތަކެއް ވަންދެން ޓެލެވިޝަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ)ގެ އެއްވަނަ މަގާމުގައި ހިފަހައްޓަމުން ދިޔަ ޑްރާމާ ސިލްސިލާ "އަނުޕަމާ" އެ މަގާމު ގެއްލުނުތާ ދެ މަސްދުވަސް ފަހު އަނެއްކާވެސް އެ މަގާމަށް ޖެހިލައިފިއެވެ.

ސްޓާޕްލަސް އިން ގެނެސްދޭ މަޝްހޫރު ޑްރާމާ އަނުޕަމާ އަށް ޓީއާރްޕީގައި ލިބިފައިވަނީ 3.8ގެ ރޭޓިންއެކެވެ. ޓީއާރްޕީގެ ރޭޓިން އަށް ބަލާއިރު ލިސްޓުގެ ދެވަނަ މަގާމް ލިބެނީ "ގުމް ހޭ ކިސީކޭ ޕިޔާރު މޭ" އަށެވެ.

އެއީ 3.1 ގެ ރޭޓިން އާ އެއްކޮށެވެ. ކުރިން ދެވަނައިގައި އޮތް "އިމްލީ" އަށް 2،9 ގެ ރޭޓިން އަކާ އެކު ލިބެނީ ތިން ވަނަ މަގާމެވެ. ލިސްޓުގެ ހަތަރުވަނަ "ޔޭ ހޭ ޗާހަތެއިން" އަށް ލިބޭއިރު ފަސްވަނައިގައި އޮތީ "ކުންޑާލީ ބަގްޔާ"އެވެ.

މީގެ ކުރީ ޓީއާރްޕީ ރޭޓިން ލިސްޓުގައި ހިމެނެމުން އަންނަ ސްޓާޕްލަސްގެ އެންމެ ދުވަސްވީ ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" މިފަހަރު ލިސްޓުގައި ހިމެނިފައެއް ނުވެއެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަނުޕަމާ ގިނަ ބަޔަކު ބަލާ އެންމެ ބޮޑު އެއް ސަބަބަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތައް މި ޑްރާމާއިން ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާތީއެވެ.

comment ކޮމެންޓް