ސ. މަރަދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު ހެލްތު ސެންޓަރު ބަންދުކޮށްފިއެވެ.
އެ ކޭސްއާ ގުޅިގެން އެ މަރުކަޒުގެ ބައެއް މުވައްޒަފުންނާ ބަލިމީހާއާއި އެއްތަންވެފައިވުމުގެ ސަބަބުން ވަގުތީގޮތުން އެ ސެންޓަރު ބަންދުކޮށްފައި ވާކަމަށް އެރަށު ހެލްތް ސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
ސެންޓަރު ބަންދުކޮށްފައި ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. އެ ސެންޓަރުން ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެން ހިދުމަތްތައް ހޯދުމަށް، ސިއްހީ މަރުކަރުގެ ނަންބަރަށް ގުޅައިގެން ކުރިއަށް ދިއުމަށް ވަނީ ބުނެފައެވެ. އެވެ.
މަރުކަޒު އަލުން ހުޅުވޭނީ މަރުކަޒުގެ މުވައްޒަފުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުމަށްފަހުކަމަށް އެ މަރުކަޒުން ބުންޏެވެ.
އެހެންކަމުން ބަލިވެގެން ފަރުވާ ހޯދަން ޖެހިއްޖެ ނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ދޭ ތަނަކުން ހިދުމަތް ހޯދުމަށް އެ ސެންޓަރުން އިލްތިމާސް ކުރެއެވެ.
އަދި މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ދިނުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.