ޒުވާނަކު ގެއްލިގެން ހޯދަނީ

އަހުމަދު ނައުފަލް

އދ. ކުނބުރުދޫއަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ އެރަށު އަހުމަދު ނައުފަލްއެވެ. އުމުރުން 26 އަހަރުގެ މި ޒުވާނާއަށް އާއިލާއިން އެންމެ ފަހުން ގުޅިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ނައުފަލް ގެއްލިގެން ހޯދާކަމަށް އާއިލާއިން ވަނީ "ސަން" އަށް ޔަގީން ކޮށް ދީފައެވެ.

ގެއްލިގެން ހޯދާ މި ޒުވާނާ އެންމެ ފަހުން ހުރި ކަމަށް ބެލެވެނީ ހުޅުމާލޭ ގެސްޓްހައުސްއެއްގައެވެ. އަދި އާއިލާއަށް އޭނާގެ ހަބަރެއް ނުވެގެން ހޯދާތާ ތިން ދުވަސް ވެފައި ވާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ، އެ ޒުވާނާ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ނައުފަލްއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އާއިލާއާ ހިއްސާ ކުރުމަށް އާއިލާއިން އެދެއެވެ.

ނައުފަލްއާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ގުޅުމަށް އާއިލާއިން އެދެނީ 9677524 އަލީ ނާއިޒްއަށެވެ. ނައުފަލް ގެއްލިގެން ހޯދަން މިހާރު ފުލުހުންވެސް ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް