ފައިޒާ ވެކްސިން ހުސްވެއްޖެ، އިތުރަށް ހޯދަން މަސައްކަތްކުރަނީ

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފައިޒާ ވެކްސިން ހުސްވެއްޖެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

މިއަދު މެންދުރު ބޭއްވި އެޗްއީއޯސީގެ ނޫސް ކޮންފެރެންސްއެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ބުނީ މިވަގުތު ރާއްޖެއިން ފައިޒާ ވެކްސިން ހުސްވެފައިވާ ކަމަށާއި އަދި އެ ވެކްސިން އަލުން ހޯދުމުގެ މަސަތްކަތް ކުރަމުންދާ ކަމަށެވެ.

"ފައިޒާ ވެކްސިން ރާއްޖެ ގެނެވުނުހާ އަވަހަކަށް އިއުލާނުކުރާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފައިޒާ ވެކްސިންއަކީ ފައިޒާ އާއި ބައޯއެންޓެކް ކުންފުނިން އުފައްދާފައިވާ ވެކްސިންއެކެވެ. ރާއްޖެއަށް ފައިޒާ ވެކްސިންގެ 5850 ޑޯޒް މާޗް މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވެއެވެ.

އެ ވެކްސިނަކީ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ގެނައި ވެކްސިންތަކެކެވެ.

ފައިޒާ ވެކްސިން ޖަހަމުން ދިޔައީ މާބަނޑު މީހުންނާއި، ހައި ރިސްކް ފަރާތްތައް ހިމެނޭގޮތަށް ހާއްސަ ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނެވެ.

comment ކޮމެންޓް