ކެލިފޯނިއާސްޓޭޓްގެ އޮރެގަންގައި މީގެ ތިން ހަފްތާކުރިން އަނދަންފެށި އަލިފާންގަނޑު ނިއްވަމުންދާ ފަޔާ ފައިޓަރުންނަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެމެރިކާގެ ފޮރެސްޓް ސާވިސްގެ ތަހުގީގުން ބުނީ މި އަލިފާން ރޯވެފައިވަނީ ހޮނު އެޅުމުގެ ސަބަބުންކަމަށެވެ. މި އަލިފާން ރޯވިކަން އިދާރާތަކަށް އެނގިފައިވަނީ އަލިފާން ރޯވިތާ ފަސްވަނައަށްވީ ދުވަހުއެވެ.
މި އަލިފާން ނިއްވުމުގައި 2300 މީހުން ހަރަކާތްތެރިވަމުން ދާއިރު އަލިފާންގަނޑުގެ މިސްރާބު ބަދަލުވުމުގެ ސަބަބުން ފަސް ފަޔާފައިޓަރުންނަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.

އޮރެގަންގައި އަނދަމުންދާ "ބޫޓްްލެގް" އަލިފާނުގެ ތެރެއިން - ފޮޓޯ:- ސެންފްރާންސެސްކޯ ކްރޮނިކަލްސް
ހަމައެއާއެކު އޮރެގަން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނިކޮށް ބައެއް ފަޔާ ފައިޓަރުން ކޮވިޑްއަށް ފައްސިވުމުގެ ސަބަބުން އުދަނގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އިދާރާތަކުން ބުނެފައިވެއެވެ.
އޮރެގަންގެ މި އަލިފާނުގައި މިހާތަނަށް ހަތަރުލައްކަ އޭކަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދާފައެވެ. އަދި 67 ގެޔަކަށް ވަނި ގެއްލުންވެފައެވެ. 2000 ވުރެ ގިނަމީހުން މިހާރު ސަލާމަތީ ހިސާބުތައް ބަދަލުކޮށްފައިވާއިރު އަލިފާނުގެ 40 ޕަސެންޓް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.