ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ކޮވިޑް ޖެހިގެން 60 އަހަރުގެ ދިވެެއްސެއް ރޭ 23:45 ހާއިރު ވަނީ މަރުވެފައެވެ.
އެ މީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 219 އަށް އަރާފައެވެ.
އިއްޔެ ޓެސްޓުކުރި މީހުންގެ ތެރެއިން 92 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 76،546 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 2،606 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 11 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 73،710 އެވެ.