ޗައިނާގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާއެކު އާންމުންގެ އެތައް ކަންބޮޑުވުމެއް

ފެންބޮޑުވުމުގެ ސަބަބުން ޗައިނާގެ ހެނަން ޕްރޮވިންސްގައި ބްރިޖަކަށް ގެއްލުންވެފައި --- ފޮޓޯ: އޭއެފްޕީ/ގެޓީ އިމޭޖަސް

ޗައިނާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދުތައް މައްޗަށް އެރުމާއެކު އެ ގައުމުގެ ވުޒާރަތަކަށް ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

ޗައިނާގައި ހިނގި މި ކާރިސާގައި މަރުވި މީހުންގެ އަދަދު 33 ކުން މައްޗަށް ވަނީ އަރާފައެވެ. މިއާއެކު އެގައުމުގެ ތާއްޔާރީ ހާލަތާ މެދު ގައުމުގެ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޗައިނާގެ ހެނަން ޕްރޮވިންސުގެ ވެރިކަން ކުރާ ރަށް ޒެންގްޒައުއަށް މިއަދު ކުރިމަތިވި ވާރޭގެ ތޫފަނަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބޮޑު ތޫފާނެވެ.

މިކާރިސާގައި އެގައުމުގެ ފެން ރައްކާކުރާ ރިޒާވްތަކާއި ހޮސްޕިޓަލަކާއި މަގުތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މީގެ އިތުރުން ޑެންގްފެންގް ސިޓީގައި ހުރި ފެކްޓްރީއެއްގައި އެއްޗެއް ގޮވާ ދެ ލައްކަ މީހުންވަނީ ގެއްލިފައެވެ. ހަމައެއާއެކު ތިން މިލިއަން މީހުންނަށް އެކި ގޮތްގޮތުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

"ރޭލުތައް ދަތުރުކުރުން ހުއްޓުވުމާއި ހާދިސާ ހިނގާފައިވާ ސަރަހައްދުތަކުން މީހުން ހުސްކުރުމާއި ޓްރެއިން ޝްޓޭޝަންތައް ބަަންދުކުރުން ފަދަ ކުއްލި ހާލަތުތަކަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭ،" އެ ގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވަނީ މޫސުމާބެހޭ ވުޒާރާއިން އިންޒާރު ދިނީ މާ ލަހުންކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެހެންނަމަވެސް މި ކާރިސާގެ ދެ ދުވަސް ކުރިން މިކަމުގެ އިންޒާރު ދީފައިވާކަމަށް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާގެ ސަރުކާރުން ވަނީ އިތުރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމަށް އަންގާފައެވެ.

ޓައިވާނުގެ އިރުމަތިން އުފެދިގެން އައި ބާރުގަދަ ތޫފާނުގެ ސަބަބުން ހަފްތާއެއް ވަންދެން މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.

ޗައިނާއަކީ އާންމުގޮތެއްގައި ފެންބޮޑުވުމުގެ ކާރިސާތައް ހިނގާ ގައުމެކެވެ. މިފަހަރު ކުރިމަތިވި މި ކާރިސާއަކީ އެ ގައުމުގެ ގިނަބަޔަކު ބުނާގޮތުގައި ފާއިތުވި 70 ވަރަކަށް އަހަރު ތެރޭގައި ހިނގި އެންމެ ހިތާމަވެރި ކާރިސާއެވެ.

comment ކޮމެންޓް