ހދ. ކުމުންދޫ ރައްޔިތުންނަށް މިވަގުތު ދައިވާ ކަންކަން ހައްލު ކުރުމާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއެކު ކައުންސިލުން މަޝްވަރާ ކޮށްފިއެވެ.
ކުމުންދޫ ރައްޔިތުންނަށް ދަތިވާ ކަންކަން ރައީސަށް ދެންނެވީ ހދ. އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުމުންދުއަށް ވަޑައިގެން، އެރަށު ސުކޫލުގައި ކައުންސިލަރުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރޭގައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ރަށަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަ ކުރެއްވީ ރަށުގެ ބަނދަރަށް ވަދެ ނިކުމެ ވުމުގައި ހުރި ދަތިކަމުގެ މައްސަލައެވެ.
އަދި، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫ އާއި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ވިޔަފާރިޔާ އިޖްތިމާއީ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަންވެސް ރައީސަށް ދެންނެވިއެވެ.
މި ބައްދަލުކުރެއްވުުގައި ރަށު ކައުންސިލުން ވަނީ ރަށުގެ މާސްޓާ ޕްލޭންގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
ބައްދަލު ކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ރަށުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތުމުން ދިމާވާ ދަތިތައް ހިމެނެއެވެ.
މީގެ އިތުރުން ރަށުގައި ދަނޑުވެރިކަންކުރާ އަންހެނުންނަށް، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓު ކުރާނެ ގޮތްތަކެއް ފަހި ކުރުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އެދިފައިވެއެވެ.
އަދި، ބަނދަރު ބޮޑުކުރުމުގެ މަޝްރޫ އާއި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ވިޔަފާރި އާއި އިޖްތިމާއީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަންވެސް ރައީސަށް ދެންނެވިއެެވެ.
ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެމްބަރުންގެ މަޝްވަރާތައް އަޑު އެއްސެވުމަށްފަހު ރައީސް ވަނީ ކުމުންދޫ ބަނދަރުގެ ނެރުގެ މައްސަލައަކީ ހައްލު ކުރަންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ހެލްތު ސެންޓަރާއި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތާއި އަދި ސުކޫލާ ގުޅިގެން ކައުންސިލުން ފާހަގަކުރި ކަންކަން ހައްލު ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކުމުންދޫ ރައްޔިތުން އެދޭ ފަދައިން އެރަށުގައި ފޮލިސް ޕޯސްޓެއް ގާއިމު ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.