ލޮޓަސް ފިހާރައިން ދެން ރަސްލީ ސުޕާރީ ވިއްކާނީ ބިއްލޫރި ފުޅީގައި!

ލޮޓަސް ފިހާރައިން ވިއްކާ ރަސްލީ ސުޕާރީ ބިއްލޫރި ފުޅީގައި

އަންނަ މަހުން ފެށިގެން ލޮޓަސް ފިހާރައިން ރަސްލީ ސުޕާރީ ބިއްލޫރި ފުޅީގައި ވިއްކަން ފަށާނެ ކަމަށް ލޮޓަސްއިން ބުނެފިއެވެ.

ލޮޓަސް އިން ބުނީ އެ ފިހާރައިން ވިއްކަން ލިބެން ހުންނާނީ 50 ގުރާމްގެ ސުޕާރީ ފުޅި ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ރަސްލީ ސުޕާރީގެ ޝިޕްމަންޓް ލިބޭނޭ ކަމަށްވެސް ލޮޓަސްއިން ވަނީ ބުނެފައެވެ.

ލޮޓަސް އަކީ ރަސްލީ ސުޕާރީގެ ރާއްޖޭގެ ހޯލްސޭލް ޑިސްޓްރިބިއުޓަރެވެ.

ރާއްޖެ އެތެރެ ކުރުން މަނާ، އުކާލާ ޒާތުގެ ޕްލާސްޓިކް މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ގަރާރެއްގައި ސޮއި ކުރައްވާފަ އެވެ. އެގަރާރުގައި ވާގޮތުން ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެތެރެއިން ބައެއް ތަކެތި މިހާރުވެސް ރާއްޖެ އެތެރެކުރުން ވަނީ ހުއްޓާލާފައެވެ. އޭގެތެރޭގައި ސުޕާރީ ޕެކެޓްވެސް ހިމެނެއެވެ.

comment ކޮމެންޓް