ލޮޓަސް ފިހާރައިން މާސްކު ހެޔޮ އަގުގައި!

ލޮޓަސް ފިހާރަ ---

ރާއްޖެއިން ހެޔޮ އަގުގައި މެޑިކަލް މާސްކު ލިބޭނެ ގޮތް ލޮޓަސް ފިހާރައިން ފަހިކޮށްދީފިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް މާސްކު އަޅައިގެން ތިބުމަށް ސިއްހީ އިދާރާތަކުން ވަނީ އަންގާފައެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ލޮޓަސްއިން ދަނީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން މާސްކު ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ނޫ ކުލައިގެ 50 މާސްކު ހިމެނޭ ފޮއްޓެއް 35 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވެއެވެ. އެއީ ކޮންމެ މާސްކެއް 1 ރުފިޔާ 42 ލާރިއަށެވެ. އަދި ކަޅު ކުލައިގެ 50 މާސްކު ހިމެނޭ ފޮއްޓެއް އެ ފިހާރައިން 40 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ލޮޓަސްއިން ބުނާ ގޮތުގައި އެ ވިޔަފާރީގެ އަމާޒަކީ އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް