ނިމިގެންދިޔަ ޔޫރޯ 2020ގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ސްކޮޑު ޔޫއެފާއިން އިއުލާން ކުރި އިރު، އެ މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ފައިނަލުގައި ވާދަކުރި އިންގްލޭންޑުގެ ހެރީ ކޭން އަދި ފްރާންސްގެ ޕޯލް ޕޮގްބާގެ ނަން ނެތުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މިފަހަރުގެ ޔޫރޯ ގިނަބަޔަކު ސިފަކުރަނީ މިހާތަނަށް ކުޅެވުނު އެންމެ ވާދަވެރި އަދި ފޯރިގަދަ ޔޫރޯގެ ގޮތުގައެވެ. ޔޫރަޕުގެ އެކި ގައުމުތަކަށް ބަހާލައިގެން މުޅިން އަލަށް ކުޅުނު މި ޔޫރޯގެ ޗެމްޕިއަންކަން އިޓަލީން އުފުލާލީ އެންމެ ފަހުން އެ މުބާރާތް އެގައުމުން ހޯދިތާ ބައިގަރުނެއްހާ އަހަރު ފަހުންނެވެ.
މުބާރާތް ނިމުމާ އެކު ގިނަބަޔަކު އިންތިޒާރު ކުރަމުން އައީ މުބާރާތުގެ ގަދަ 11 އަށެވެ. މި ކުޅުންތެރިން ހޮވުމަށް ޔޫއެފާއަށް ވެސް އޮތީ ބޮޑު ޗެލެންޖަކަށް ވެފަ އެވެ. ސަބަބަކީ އެ މުބާރާތުގައި އެއްވަރަކަށް ގިނަ ކުޅުންތެރިންތަކެއް ޕާފޯމްކޮށްފައިވުމެވެ. އެހެން ނަމަވެސް ޔޫއެފާއިން ރޭ ވަނީ ޔޫރޯގެ ގަދަ 11 އިއުލާންކޮށްފަ އެވެ. މި 11 ވެގެން ދިޔައީ ގިނަބަޔަކަށް ސިހުން ގެނުވި ކަމަކަށެވެ.
ޔޫރޯގެ ގަދަ 11 ގައި ހިމެނޭ ކުޅުންތެރިން:
ކީޕަރު: ޖިއަންލުޖީ ޑޮނަރޫމާ
ޑިފެންޑަރުން: ލިއަނާޑޯ ސްޕިނަޒޯލާ، ހެރީ މެގުއާ، ލިއަނާޑޯ ބޮނޫޗީ، ކައިލް ވޯކާރ
މިޑްފީލްޑަރ: ޕިއެރޭ-އެމީލް ހޮއިބާގް، ޖޯޖީނިއޯ، ޕެޑްރީ
ފޯވާޑް: ރޮމެލޫ ލުކާކޫ، ރަހީމް ސްޓާލިންގް، ފެޑެރިކޯ ކިއެސާ
ޔޫއެފާގެ ލިސްޓުގައި އެންމެ ގިނަ ގޯލު ޖެހި ދެކުޅުންތެރިން ކަމަށްވާ ރޮނާލްޑޯއާއި ޗެކް ރިޕަބްލިކުގެ ޕެޓްރިކް ޝިކް ނުހިމެނުމުން ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މި ދެކުޅުންތެރިން ވެސް މުބާރާތުގައި ފަސް ގޯލު ޖަހާފައިވާ އިރު ރޮނާލްޑޯއަށް ގޯލްޑަން ބޫޓް ލިބުނީ ޝިކްއަށް ވުރެން ގިނަ އެސިސްޓް ހަދައިގެންނެވެ.
އަދި އެހެންމެ އިންގްލޭންޑްގެ ހެރީ ކޭން އަދި ފްރާންސްގެ ޕޯލް ޕޮގްބާ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެ ދެކުޅުންތެރިން ވެސް ޓީމުގައި ލައްވާލާ ގޮތެއް ނުވި އެވެ.
comment އައްޓަމަސް
4 year 9 month ago
ތީ މައްސަލައެއްނޫން ފީފާ ޕުލޭޔަރ އޮފް ދި ޔާރ ނުވަތަ ބެލަންޑިއޯރ ދުނިޔެ ދުއް އެންމެ މޮޅު 2 ކުޅުންތެރިން ކަމަށް ގިނަބަޔަކު އެއްބަސްވާ ޕެލޭ އާއި މަރަޑޯނާއަށް ލިބުނުތަ؟!
comment މޯއްޑޭ ދި ޕަޕެޓް
4 year 9 month ago
ހީވަނީ އައްލޯ އާމިރު ތިތަނައް ފާވީހެން ، އާއްމު ކޮއް ކުޅިވަރުގަ ބޭއިންސާފުން ކަންތައް ކުރާ މީހަކީ އެއީ ވީއްޔަ
comment ސަން
4 year 9 month ago
ނުޖެހެ ރޮނާލްޑޯ ހިމެނޭކަށް ތި ލިސްޓަކު. 3 ޕެނެލްޓީ ޖަހައިގެން ޓޮޕް ސްކޯރާ ލިބުނު މީހެއް. މެޗެއްގަ ކުޅެވުނު މީހެއްނޫން.