އާންމުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް އެޗްޑީސީއިން ކުލަބުހައުސަށް

ހުޅުމާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ރައްޔިތުންގެ ތެރޭ ހުރި ކަންބޮޑުވުންތައް ދެނެގަނެ މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްޑީސީ އިން ކުލަބު ހައުސްގައި ސެޝަންތަކެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ކުލަބު ހައުސްގައި ކުރިޔަށް ގެންދާ މި ސެޝަންތަކުގެ އެންމެ ބޮޑު މަގުސަދަކީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުން ކަމަށެވެ. ހަމައެއާއެކު ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންނަށް މައުލާމާތު ހިއްސާކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަތުމަކީވެސް މި ސެޝަންތަކުގެ މުހިންމު ބޭނުމެއް ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އަދި ގަވައިދުން މި ސެޝަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ރޭ ވަނީ މި ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަން ކުރިޔަށް ގެންގޮސްފައެވެ. ރޭގެ ސެޝަންގައި މައުލޫމާތު ފޯރުކޮށްދެވުނީ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުންކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ. އެގޮތުން ހިޔާ ފްލެޓް އެއްބަސްވުމުގައި ވީހާވެސް ފަސޭހަ ކަމާއެކު ސޮއިކުރުމުގެ ކަންކަން ކުރިޔަަށް ގެންދިއުމަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ސެޝަންގައި 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަމަށް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީ އިން އިތުރަށް ބުނީ ކުލަބް ހައުސްގައި ކުރިޔަަށްގެންދާ މިސެޝަންތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން މައުލޫމާތު ސާފުކޮށްދެވޭނެ މަގެއް ފަހިކޮށްދެވިފައިވާކަމަށެވެ.

ކުރިޔަށް އޮތްތަނުގައިވެސް އާންމުންގެ ހިޔާލު ހޯދުމަށް ކުލަބު ހަުސްގައި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް