އަޅުގަނޑާ ގުޅޭގޮތުން ބަލަންޖެހޭ މައްސަލައެއް ނޯންނާނެ: އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ---- ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއަށް ދެއްވި މައުލޫމާތާ ގުޅިގެން އޭނާއާ ގުޅޭގޮތުން ބަލަން ޖެހޭ މައްސައެއް ނޯންނާނެ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ 241 ކޮމިޓީއާ އޭނާ ހިއްސާ ކުރެއްވި މައުލޫމާތުގައި ގާނޫނާ ހިލާފު ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޓެރެރިޒަމާ ބެހޭ ގާނޫނުގަ އޮންނަނީ އެންމެ ޕޮއިންޓެއް އެންމެ މާއްދާއެެއް ނޫން. އޭގަ ހުރޭ ބައިވަރު ވާހަކަ އަދި ޓެރެރިޒަމް އަކީ ކޮބައިކަން ވެސް އޮވޭ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފަ ވާނެ ކަމަކަށް،" އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ 241 ކޮމެޓީއަށް ދެއްވާފައިވާ މައުލޫމާތާ ގުޅިގެން ކަންބޮޑުވުން ތަކެއް ހުރި ކަމަށެވެ.

މާރިޔާ، 241 ކޮމިޓީއަށް ދެއްވާފައިވާ މައުލޫތާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭނެ. އަޅުގަނޑު އެކަމަށް ތާއީދުވެސް ކުރަން،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ކޮމިޝަނާ އޭނާ ހިއްސާ ކުރެއްވި މައުލޫމާތުގައި ގާނޫނާ ހިލާފު ކަމެއް އޮތްނަމަ ފުލުހުން އެކަން ތަހުގީގު ކުރަންވީ ކަމަށެވެ.

އޭނާގެ މައްސަލަ ފުލުހުން އިތުރަށް ބަލަން އުޅޭ ކަމަށް ބުނެ މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން އަދި ޔަގީން ނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ނޫހެއްގަ ލިޔެފަ އިންދާ އަޅުގަނޑަށްވެސް ފެނިގެން މި އުޅެނީ. އަޅުގަނޑު ދެކެނީ އަޅުގަނޑުގެ މައްސައެއް ފުލުހުން ބަލާނަމަ އަޅުގަނޑަށްވެސް އެކަން އެގެން ޖެހޭނެ ކަމަށް،"

އިންކުއަރީ ކޮމިޝަންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ މެމްބަރު އިލްޔާސްގެ ފަރާތުން އެކަމަނާ އަށް ލިބުނީ ފޯނު ކޯލެއް ކަމަށާއި އެއީ މައުލޫމާތު ނޫން ކަމަށެވެ.

މާރިޔާ ވިދާޅުވެފައިވަނީ މައުލޫމާތެއް ކަމަށް ބަލަނީ މީހެއްގެ ނަން ނުވަތަ އޭނާއަށް ފާރަލެވޭނެ ކޮންމެވެސް ގޮތެއް ބުނެދީގެން ކަމަށެވެ.

comment ކޮމެންޓް