ސަރުކާރުގެ މަޝްރޫއަކުން ގޯތި ލިބުނު މީހުން ދަފްތަރުން އުނިކުރަނީ

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން ގޯތި ނުވަތަ ފްލެޓު ލިބުން ފަރާތްތައް މަލޭގެ ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން، ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓު ނުވަތަ ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އަދި މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މައުލޫމާތު ހިއްސާކުރުމަށް ކައުންސިލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް ނިންމީ މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުންނާއި، ނުލިބި ތިބި މީހުން ދެނެގަނެ، ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ސަރުކާރުގެ މަޝްރޫއުއަކުން ގޯތި ލިބުނު ފަރާތްތަށް މާލޭގެ ދަފްތަރުން އުނިކުރުމަށް ނިންމާފައި ވާއިރު، މާލޭ ދަފްތަރުގައި ޖެއްސުންވެސް ސިޓީ ކައުންސިލުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

https://sun.mv/152412

ދަފްތަރުގައި ޖެއްސުން މެދުކަނޑާލާފައި ވަނީ މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކުގެ މައްސަލަ ހައްލު ކުރެވޭނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވާލެވި، ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެން ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް