ރަޝިއާއިން ނޯތުކޮރެއާއަށް ކޮވިޑް ވެކްސިން ފޮނުވުމުން ގަބޫލެއް ނުކުރި

އުތުރުކޮރެއާގެ ޒައީމް ކިމް ޖޮން އުން

އުތުރުކޮރިއާގައި ކޮވިޑް19ގެ ހާލަތު ގޯސްވެފައިވަނިކޮށް އަލުން ރަޝިއާއިން އެ ގައުމަށް ކޮވިޑް19 ވެކްސިން ދޭން ނިންމި ނަަމަވެސް އެ ހުށަހެޅުން ގަބޫލްނުކުރަން ނިންމައިފިއެވެ.

އުތުރުކޮރެއާއިން ވަނީ ވެކްސިންގެ އެހީ ފޯރުކޮށްދޭން މަސައްކަތްކުރި ގިނަ ގައުމުތަކެއްގެ އެހީ ގަބޫލުނުކޮށް ދޫކޮށްލާފައެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ސިއްހީ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އުތުރުކޮރެއާއިން ވަނީ އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ. އަދި މީގެ ސަބަބުން އެ ގައުމާ ޗައިނާއާ ދެމެދު އޮންނަ ވިޔަފާރި ގުޅުންތަކަށްވެސް ބޮޑެތި ދަތިތަކާ ވަނީ ކުތިމަތިލާންޖެހިފައެވެ.

އުތުރުކޮރެއާއިން ކާބޯތަކެއްޗާއި، ފާރޓިލައިޒާ އަދި ފިޔުލް އެތެރެކުރުމުގައި މައިގަނޑުގޮތެއްގައި ބަރޯސާ ވަނީ ބެއިޖިންގ އަށެވެ.

އަދި މިހާރު އެ ގައުމުގައި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް އޮތްކަމަށާއި ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަމަށް އެ ގައުމުގެ ޒައީމް ކިމް ޖޮން އުން ވަނީ ވިދާޅުވެފައެވެ.

"ކޮންމެ ކޮންމެ މީހަކަށް މިހާ ހަރުކަށި ފިޔަވަޅުތަކަކާއެކު ނޫޅެވޭނެ," ރަޝިއާގެ ފޮރިން މިނިސްޓަރު ސާރޖީ ލަވްރޯވް ވިދާޅުވިއެވެ.

އަދި ރަޝިއާއިން އެތައް ފަހަރަކު އުތުރުކޮރެއާއަށް ވެކްސިން ދިނުމަށް މަސައްކަތްކުރިކަމަށް ވެސް އޭނާވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އުތުރުކޮރެއާއިން ވަނީ އެ ގައުމުގައި ކޮވިޑް19 ނުފެތުރޭކަމަށެވެ.

comment ކޮމެންޓް