ލ.މާމެންދޫގައި ބިދޭސީންގެ ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ދެމީހުންނަށް ވެސް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާމެންދޫ ބަނދަރުގައި އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއެއް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިއަދު 06:42 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މާރާމާރީ ހިނގީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މަރާމާރީއާ ގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން އެ ދެ ބިދޭސީންނަށްވެސް މިވަގުތު މާމެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
comment މަލިަކއްޑޫ މަޖިލިސް
4 year 9 month ago
މިއީ އެމީހުންގެ ގައުމު، ވިސާއާ ނުލާ އުޅެވޭ، ބޭނުންވުމުން މާރީމާރީ ހިންގާފަ ސަލާމަތްވެވޭ! ވަޒީފާއަށް ނިކުންނަން ބޭނުންވާ ދިވެހި ޒުވާނުންނަށް ވެސް މިމީހުނާއި މެދު މަގު ބަންދުވޭ. ދިވެހިރައްޔިތުންގެ ވާހަކަ ދައްކާނެ، ދިވެހިރައްޔިތުންދެކެ ލޯބިވާނެ ޖަމާޢަތެއް މިހާރު މިގައުމުގެ ނެތީކަން ނޭނގޭ!