ސްކޫލް ބަންދުގައި އައިޖީއެމްއެޗްއިން ހިތާނީ ކޭމްޕެއް ފަށަނީ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރު ހިތާނީ ކޭމްޕެއް ކުރިއަށްގެންދިއުމަށް އައިޖީއެމް ހޮސްޕިޓަލުން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަހަރުގެ ހިތާނީ ކޭމްޕު ކުރިއަށްގެންދިއުމަށް ރާވާފައިވަނީ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކަމަށެވެ.

އެ ކޭމްޕު ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 10ވަނަ ދުވަހުން ފެށިގެން އޮގަސްޓް ފަސްވަނަ ދުވަހާ ހަމައަށެވެ. އެ ކޭމްޕުގައި ހިތާނުކުރާ ކުދިން އެޑްމިޓް ކުރާނީ ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ. އަދި ހިތާނުކުރުން ކުރިއަށްގެންދާނީ އެ ދެ ހޮސްޕިޓަލުގެ ސާޖަރީ ޑޮކްޓަރުންނެވެ.

އެ ކޭމްޕުގައި ހިތާނު ކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 200 ކުދިންނެވެ. އަދި ނަން ނޯޓު ކުރުމުގެ ފުރުސަތު ޖުލައި އެކަކުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރުފަހު 3:00އާ ހަމައަށް ހުޅުވާލާނެ އެވެ.

ނަން ނޯޓު ކުރުމަށްޓަކައި ކުއްޖާގެ އައިޑީކާޑާއެކު ބެލެނިވެރިން ދާން ޖެހެނީ އައިޖީއެމްއެޗް ދަރުމަވަންތަ ކޮމްޕްލެކްސްގެ ތިންވަނަ ފަންގިފިލާގައި ހުންނަ ސާޖަރީ ޑިޕާޓްމަންޓް ކައުންޓަރަށެވެ.

comment ކޮމެންޓް