މީޑިއާނެޓުގެ މަލްޓި ސްކްރީން މެދުވެރިކޮށް ޑާކްރެއިންގެ 'ގުޅުން' ބަލައިލަން ފުރުސަތު

މީޑިއާނެޓުގެ މަލްޓިސްކްރީން އަދި އެމްއެސްޓީވީ ވިޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް މިއަދުން ފެށިގެން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ 'ގުޅުން' ސީރީޒް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މީޑިއާނެޓުން ބުނިގޮތުގައި 'ގުޅުން' ސީރީޒް އަކީ އައިޝަތު ފުވާދު ތައުފީގް ޑައިރެކްޓްކުރާ އެންތޮލޮޖީ ސީރީޒް އެކެވެ. އެ ސީރީޒް އަކީ މަލްޓިލޭޔާޑް އަދި ސިންގަލް ޝޮޓް ނެރެޓިވްއެއްގެ ދަށުން އެތައް ބައެއްގެ ދިރިއުޅުން އެންމެ 20 މިނެޓް ތެރޭ ދައްކުވައިދޭ ސީރީޒްއެކެވެ.

ރަވީ، ރިޝްމީ، އަދި ފުބޫ ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެ މި ސީރީޒްގައި ފެނިގެންދާ ކެރެކްޓާޒްގެ ދެމެދުގައި އޮންނަ މާނަވީ ގުޅުން އަދި ހަޔާތުގެ ކާމިޔާބީތަކާއި އެ ކާމިޔާބީތަކުގައި ހިފަހައްޓަން ކުރާ ބުރަ މަސައްކަތްތައް ދައްކުވައިދޭނެ އެވެ.

މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަނަކީ ލައިވްކޮށް އެކި ޓީވީ ޗެނެލްތައް ބަލާލެވޭ އަދި ވިޑިއޯ އޮން ޑިމާންޑް ފީޗާއަކާއި އެއްކޮށް ލައިވް ޓީވީ އަދި އެކި ސީރީޒް ބަލާލެވޭ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖެ އާއި ބައިނަލްއަގްވާމީ ޗެނެލްތައް އަމިއްލަ ފޯނަށް، ލެޕްޓޮޕް، ކޮމްޕިއުޓަރަށް ނުވަތަ ޓެބްލެޓަށް ސްޓްރީމްކޮށްގެން ބަލާލެވޭނެ އެވެ.

އެޕްލިކޭޝަނުން މީޑިއާނެޓުގެ އޮރިޖިނަލް ކޮންޓެންޓްވެސް ބަލާލެވޭއިރު، މީޑިއާނެޓުގެ ޗެނެލްތައް މަލްޓިސްކްރީންގައި ބަލައިލުމަށް ބޭސިކް، ފެމިލީ އަދި ވޯންޓް އިޓް އޯލް ޕެކޭޖުތަކުގެ ދަށުން އަގަކާނުލައި ބަލާލެވޭނެ އެވެ.

މި ޕެކޭޖުތަކުގެ ދަށުން ކަސްޓަމަރުން ވީޑިއޯ އޮން ޑިމާންޑް ފީޗާ އަށް ސަބްސްކްރައިބް ކުރެވޭއިރު ކޮންމެ ކަސްޓަމަރަކަށްވެސް އެމްއެސް ކޮމްބޯ ޕެކޭޖެއް އިހްތިޔާރުކުރެވޭނެ އެވެ.

މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީއެއް ހުރި ކަސްޓަމަރުންނަށް އެމްއެސް ޓީވީގެ ހުރިހާ ޗެނެލެއް ޑީކޯޑަރަކާ ނުލައި ބަލާލެވޭއިރު ކޭބަލް ހިދުމަތުން އެމްއެސް ޓީވީއަށް ބަދަލުވާން އެދިލައްވާ ފަރާތްތަކަށްވެސް އިތުރު އެއްވެސް ހަރަދަކާ ނުލާ މިހާރު ބަދަލުކުރެވޭނެ އެވެ. މިގޮތަށް އެދިލައްވާ ކަސްޓަމަރުންނަށް މީޑިއާނެޓުގެ ޓެކްނީޝަނެއް ޒިޔާރަތްކޮށް ފައިބާ ނެޓްވޯކާއި ގުޅުވައިދިނުމުގެ މަސައްކަތް ނިންމައިދޭނެ އެވެ.

އެޕަލްގެ އެޕްސްޓޯ އަދި އެންޑްރޮއިޑް ޕްލޭސްޓޯ މެދުވެރިކޮށް މީޑިއާނެޓުގެ މަލްޓިސްކްރީން އެޕްލިކޭޝަން ޑައުންލޯޑުކުރައްވައިގެން 'ގުޅުން' ބަލާލެވޭނެ އެވެ. ނޫނީ https://cuda.medianet.mv އަށް ޒިޔާރަތްކޮށްލައްވައިގެންވެސް ޑައުންލޯޑުކޮށްލެވޭނެ އެވެ. އެމްއެސްޓީވީއަށް ރެޖިސްޓާކޮށްލުމަށް https://mstv.medianet.mv ޒިޔާރަތްކޮށްލައިގެން ރެޖިސްޓާ ކުރެވޭނެ އެވެ.

މަލްޓިސްކްރީން ނުވަތަ އެމްއެސްޓީވީއަށް ސަބްސްކްރައިބް ކުރުމަށް https://my.medianet.mv އަށް ޒިޔާރަތްކުރައްވާށެވެ. މީޑިޔާނެޓުގެ ފްރަންޓް އޮފިސް މެދުވެރިކޮށް އަދި އޮފިޝަލް ބިޒްނަސް ޕާޓްނާއެއް މެދުވެރިކޮށްވެސް ސަބސްކްރައިބް ކުރެވޭނެ އެވެ.

comment ކޮމެންޓް