ކާތިކް އަށް އާ ފިލްމެއް!

ބަތަލު ކާތިކް އާރްޔަން---

ކަރަން ޖޯހަރުގެ "ދޯސްތާނާ 2" އިން ވަކިވި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ކާތިކް އާރްޔަން އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

ނޭޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސަމީރު ވިދްވަން ޑައިރެކްޓްކުރާ މި ފިލްމުގެ ނަމަކީ "ސަތިއަނާރަޔަން ކީ ކާތާ" އެވެ. ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ސާޖިދު ނަޑިއަދުވާލާގެ ޕްރޮޑަކްޝަންސްގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

ފިލްމަށް ސޮއިކުރުމަށް ފަހު ކާތިކް ދިން އިންޓަވިއުއެއްގައި ބުނީ ސާޖިދު އާއެކު މަސައްކަތް ކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިއޮށް ވުރެ ރަނގަޅު ފުރުސަތެއް އޭނާއަށް ނުލިބޭނެ ކަމަށެވެ.

މި ފިލްމު އިއުލާންކޮށްފައި ވަނީ މޯޝަން ޕޯސްޓަރަކާ ވެސް އެކުގަ އެވެ.

ކާތިކްގެ އަތުގައި މިވަގުތު ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ދަމާކާ"، "ބޫލް ބުލައްޔާ 2" އަދި ނަން ހާމަނުކުރާ އޯމް ރައުތުގެ ފިލްމެކެވެ.

comment ކޮމެންޓް